ހދ. ނައިވާދޫއަށް މަރުވެފައިވާ މީހެއްގެ ހަށިގަނޑު ލައްގައިފިއެވެ.

މި ހަށިގަނޑު ލައްގާފައިވަނީ އެރަށު ދޯނިފަހަރު އެހެލާ ސަރަހައްދުގެ ދެކުނު ފަރާތަށް މިއަދު ހެނދުނު 11:30 ހާއިރުއެވެ.

ފުލުހުން ބުނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު ނައިވާދޫ އަށް ލައްގައިފައިވާ ކަމުގެ މައުލޫމަތު 12:00 ގައި ލިބިފައިވާ ކަމަށާއި އެ ހަށިގަނޑު އޮތީ ބޭރުފުށުން ވަރަށް ބޮޑަަށް ހަލާކުވެފަކަމަށެވެ.

ނައިވާދޫ ކައުންސިލްގެ ރައީސް އަހްމަދު ފާއިޒް "ސަން" އަށް ވިދާޅުވީ، މިއަދު ހެނދުނު 11:30 ހާއިރު އެރަށަށް ލައްގައިފައިވަނީ ބެލެވޭ ގޮތުގައި އަންހެނެއްގެ ހަށިގަނޑެއް ކަމަށެވެ.

ފާއިޒު ވިދާޅުވީ މިހާރު އެރަށު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާކަމާށާއި އަދި ފުލުހުންގެ އިތުރު ޓީމެއް ކުޅުދުއްފުށިން އެ ރަށަށް މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ.