އާ އަހަރާ ގުޅުވައިގެން މިރޭ މާލެއާއި ހުޅުމާލޭހައި ހަވާ އަރުވަން ހަމަޖެހިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، މިރޭ ރާއްޖޭގެ 40 ރިސޯޓެއްގައި ހަވާ އަރުވާނެ ކަމަށެވެ. ނަމަވެސް މާލެއާއި ހުޅުމާލޭގައި ހަވާ ނާރުވާނެ ކަމަށް އޭނާ ބުންޏެވެ.

އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ހަވާ އެރުވުމަކީ މީގެ ކުރިން ކުރަމުން އައި ކަމެކެވެ. ހަވާ އަރުވާތަން ބަލަން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މީހުން ދެ އެވެ.

މިދިޔަ އަހަރުވެސް އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން މާލެ އާއި ހުޅުމާލޭހައި ހަވާ އަރުވާފައިވެ އެވެ.