އަބޫދާބީ (ޑިސެމްބަރު 31): ޔޫއޭއީގެ ރެސްކިއު ހެލިކަޕްޓަރެއް ވެއްޓި އޭގައި ތިބި ހަތަރު މީހުން މަރުވެއްޖެ އެވެ.

ޔޫއޭއީގެ ނެޝަނަލް ސާޗް އެންޑް ރެސްކިއު ސެންޓަރުން ބުނި ގޮތުގައި ހެލިކަޕްޓަރު ވެއްޓުނީ ރަަސަލް ޚައިމާގެ ފަރުބަދައެއް ކައިރީ މީހަކު ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި ހެލިކޮޕްޓަރު ކޮންޓްރޯލުން ނެއްޓުނީ އެސަރަހައްދުގައި ހުރި ޒިޕް ލައިނެއްގައި ޖެހިފަ އެވެ.

އެހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހެލިކޮޕްޓަރުގައި ތިބި ދެ ޕައިލެޓުންނާއި ނެވިގޭޓަރަކާއި ޕެރެމެޑިކެކެވެ. އޭގެ ތެރެއިން ޕެރެމެޑިކަކީ ސައުތް އެފްރިކާގެ މީހެކެވެ.

އެހާދިސާ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.