31 Dec 2018, 10:40
ސަރުކާރަށް ވަރަށް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތްކުރެއްވި އިބްރާހިމް ރަޝީދު (ވައިޖެހޭ އިބްރާހިމް ރަޝީދު) އުމުރުފުޅުން 79 އަހަރުގައި ރޭ އަވަހާރަވެއްޖެ އެވެ.
އަތޮޅުވެރިކަމުން ފެށިގެން އެޓޯލްސް މިނިސްޓްރީގެ ޑިރެކްޓާކަމާއި ޑިރެކްޓާ ޖެނެރަލް ކަމުގެ އިތުރުން ވަޒީރުލް އައުޒަމްގެ ސެކްރެޓަރީކަމާއި މަޖީދިއްޔާ ސްކޫލުގެ ނާޒިރުގެ އެހީތެރިކަން ކުރެއްވި ރަޝީދު އަވަހާރަވީ ރޭ 11 ޖަހާ އެހާކަންހާއިރު އައިޖީއެމްއެޗުގަ އެވެ.
ރަޝީދު އަވަހާރަވި އިރު، ކުރީގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާ އެކު ހަ ބޭފުޅުން ތިއްބަވަ އެވެ.
ރަޝީދު ސަރުކާރުން ވަކިވީ 2006 ވަނަ އަހަރު އެވެ.