31 Dec 2018, 10:53
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ތ. އަތޮޅާއި ހުވަދޫ އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނީ އެ ހިސާބުތަކަށް ވިއްސާރަކޮށް އޭގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.
އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މެޓުން ބުންޏެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 06:10 އިން މެންދުރު 11:20 އާ ހަމައަށެވެ.