ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދިވެހި ދައުލަތުގެ ސަފީރު ކަމުގެ މަގާމަށާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމުގެ މަގާމަށް ދެ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

ދިވެހި ދައުލަތުގެ ސަފީރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ މއ. ރައުފަތުގޭ، އަހުމަދު މާހިރު އެވެ.

ޑިފެންސް މިނިސްްޓްރީގެ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ ހެންވޭރު ބުރަކިގޭ، ސުލްޠާނާ ޝާކިރު އެވެ.