މާލެއިން ކ. ކާށިދޫއަށް ދަތުރު ކުރި ދޯންޏެއް، ފަސް މީހުންނާ އެކު ކ. ގާފަރު ކައިރިން ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 2:33 ހާރިރު ކަމަށެވެ.

"ގެޓާނޯ 2" ކިޔާ މި ދޯނިން ދަތުރުކޮށްފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ.

ކ. ގާފަރު ލޯޗެއްގެ އެހީތެރިކަމާއެކު އެ ފަސް މީހުން ގާފަރު ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެ ފަސް މީހުންނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގެއެވެ.