Back
Nov 24, 2025 SUN
SUN

ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކުރުމަށް ޗައިނާއިން އެހީވަނީ

ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކުރުމަށް ޗައިނާއިން އެހީވަނީ
Lead photo

ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކުރުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުން ލެޓާސް އޮފް އެކްސްޗޭންޖުގައި މިއަދު ސޮއިކޮށްފިއެވެ.

މި ލެޓާސް އޮފް އެކްސްޗޭންޖުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖަންގް ލިޖޮންގްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސްޓޭޓް މިނިސްޓަރު ހަލީލު ވިދާޅުވީ، މިނިސްޓްރީގެ އިމާރާތަކީ ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން ދައްކުވައިދޭނެ ރަމްޒެއް ކަމަށާއި އަބަދުވެސް ދެގައުމުގެ ބަދަހި ގުޅުން އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީ -- ސަން ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން، އެ މިނިސްޓްރީގެ އިމާރާތް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް ނިމުމުން، އެ މިނިސްޓްރީން ދިވެހިންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics