29 Dec 2018, 13:02
މިންޑަނާއޯ (ޑިސެމްބަރު 29): ފިލިޕީންސްގެ މިންޑަނާއޯ ކައިރިއަށް މިއަދު އައި ބިންހެލުމާ ގުޅިގެން ސުނާމީއެއް އަރާފާނެ ކަމަށް ބުނެ ނެރުނު އިންޒާރު ބާތިލުކޮށްފި އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި އެބިންހެލުން އައީ ފިލިޕީންސް ޖެނެރަލް ސަންޓޯސް ސިޓީގެ 193 ކިލޯ މީޓަރު އިރުން، 60 ކިލޯ މީޓަރު އަޑިއަށެވެ.
އަދި މީގެ ކުރިން ޕެސިފިކް ސުނާމީ ވޯނިން ސެންޓަރު (ޕީޓީޑަބްލިއުސީ) އިން ވަނީ ބިންހެލުމުގެ ސަބަބުން ފޫޓެއްހާ އުސް ރާޅު އަރާފާނެ ކަމުގެ އިންޒާރު ދީފަ އެވެ. ނަމަވެސް ފަހުން އެސެންޓަރުން ވަނީ ބިންހެލުން އައި ސަރަހައްދުން ސުނާމީއެއް ފާހަގަވެފައި ނުވާ ކަމަށް ބުނެ ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ބާތިލުކޮށްފަ އެވެ.
#PTWCdid not observe#tsunamiwaves on the sea-level gauges closest to the 7.2 mag.#earthquakein Mindanao, Philippines, so there is no longer a tsunami threat from this earthquake.https://t.co/YsXzdRoEkp
— NWS PTWC (@NWS_PTWC)December 29, 2018
ފިލިޕީންސް އާއި އިންޑޮނޭޝިއާއަށް ސުނާމީގެ އިންޒާރު ދީފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިންޑޮނޭޝިއާގެ ޖާވާ އާއި ސުމަތުރާއަށް ސުނާމީ އަރައި، 430 މީހުން މަރުވި ފަހުންނެވެ. އެސުނާމީ އެރީ ޖާވާ އާއި ސުމަތުރާގެ މެދުގައި އޮންނަ ރަށެއްގެ އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެންނެވެ.