ސޯރަން ޝްރިވަސްތާވް ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމު "ފްރޯޑް ސައްޔާން"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފި އެވެ.

އެ ފިލްމަކީ ހެއްވާ މަޖާ އެތައް ކަމެއް ބެލުންތެރިންނަށް ދައްކުވައިދޭނެ ފިލްމެއް ކަން ޓްރެއިލާ އިން ވެސް ހާމަވެ އެވެ.

ޔޫޓިއުބްގައި ޓްރެއިލާ އާންމު ކުރުމާ އެކު މިހާތަނަށް 5.3 މިލިއަން އަށް ވުރެއް ގިނަ ވިއުސް ޓްރެއިލާ އަށް ލިބިއްޖެ އެވެ.

''ފްރޯޑް ސައްޔާން" ގެ ޓްރެއިލާ....

"ފްރޯޑް ސައްޔާން" އަކީ އެންމެ ކުރިން 2015 ވަނަ އަހަރު ރިލީޒްކުރަން ނިންމި ފިލްމެކެވެ. ނަމަވެސް ފިލްމުގެ އަޑު އެއްކޮށް މަޑުވެފައި އޮތުމަށް ފަހު އަންނަ މަހުގެ 18 ވަނަ ދުވަހު ސިނަމާތަކަށް ފިލްމު ގެންނަން ނިންމި އެވެ.

އެ ފިލްމުގައި ކުރީގައި ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ދިޔަ "ޗައްމާ ޗައްމާ" ލަވައިގެ އާ ވާޝަނެއް ހިމެނޭނެ އެވެ.

"ފްރޯޑް ސައްޔާން" އިން ފެންނާނީ އަރުޝަދު ވަރްސީ، ސާރާ ލޯރެން އަދި ސޯރަބް ޝުކްލާ ފަދަ ތަރިންގެ އެކްޓިންނެވެ.