28 Dec 2018, 11:04
ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ހޮލީވުޑް އެކްޓަރު ލިއަމް ހެމްސްވާތު ކައިވެނި ކޮށްގެން އުޅޭކަން އެދެމީހުން ޔަގީންކޮށްދީފިއެވެ.
މީގެ ދެ ދުވަސް ކުރިން މީޑިއާތަކުގައި އެ ދެ ތަރިން ކައިވެނި ކޮށްގެން އުޅޭ ކަމަށްބުނެ ދިޔައީ ހަބަރުތައް ފެތުރެމުންނެވެ. އެކަން ޔަގީންވީ މައިލީ ސޯޝަލް މީޑިއާގައި އާންމުކުރި ކައިވެނީގެ ފޮޓޯ އަކުންނެވެ.
ހަބަރުތައް ލިބޭ ގޮތުގައި މައިލީއާއި ލިއަމް ކައިވެނި ކުރީ ދެމީހުންގެ ގޭގައި ބޭއްވި ވަރަށް ކުޑަ އަދި ސިއްރު ހަފްލާއެއްގައި މިދިޔަ ހޯމަ ދުވަހުއެވެ.
ކައިވެނީގެ ހަފްލާގައި ބައިވެރިވީ ދެފަރާތުގެ އާއިލާއާއި އެންމެ ގާތް އެކުވެރިން އެކަންޏެވެ.
މައިލީ އާއި ލިއަމް ލޯބީގެ ގޮތުން ގުޅުނީ 2010 ވަނަ އަހަރު ދެމީހުން އެކުގައި މަސައްކަތް ކުރި ފިލްމު 'ދަ ލާސްޓް ސޯންގް' އަށް ފަހުއެވެ. އޭގެ އަހަރުތަކެއް ފަހުން ދެމީހުން ވަކިވި ނަމަވެސް، 2015 ވަނަ އަހަރު ދެމީހުން ވަނީ އަލުން ގުޅިފައެވެ.