28 Dec 2018, 00:14
އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ކުރީގެ ނައިބު ރައިސް އަދި ރައްޔިތުންގ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ އިސްކޮށް ހުންނާވައިގެން އުފައްވާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ތިންހާސް މީހުން ހަމަކޮށްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން އަލަށް ޕާޓީއެއް އުފެއްދުމަށް 3000 މެމްބަރުން ހަމަކޮށް އެ ކޮމިޝަނަށް ހުށަހަަޅަން ޖެހެއެވެ.
އަބްދުއްރަހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީއެންސީ އުފެއްދުމަށް އިލެކްޝަން ކޮމިޝަން އިން ހުއްދަ ދިންތާ ކުޑަވަގުތުކޮޅެއް ތެރޭ 3،000 އަށް ވުރެ ގިނަ މެމްބަރުން އެ ޕާޓީ އަށް ސޮއި ކޮށްފައިވާ ކަމަށެވެ.
Alhamdhulillahi!”PNC”ufehdhumuge masahkaiy kurumah EC in huhdha dhehvi thaa kuda vaguthu kolhehge thereygai 3000 ah vure gina beyfulhun Party ah soi kurahvaifi.
— Abdul Raheem Abdulla (@Banafsaa)December 27, 2018
އިލެކްޝަންސް ކޮމިޝަންގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީ އުފެއްދުމުގެ ހުއްދަ ވަނީ ދެއްވާފައެވެ.
ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ދާއިރު، ޕީޕީއެމްގެ ރައީސް ކަމަށް ޔާމީން އިންތިޚާބުކުރި މައްސަލާގައި ހައިކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ މުސްތަގްބަލާ މެދު ގޮތެއް ނުނިމި ކަށި ކުނބުރު ވަލެއްގެ ތެރޭގައި ހިނގަން ބޭނުން ނުވާ ކަމަށާއި، އެމަނިކުފާނަށް ތާއިދު ކުރައްވާ ޕީޕީއެމްގެ އާންމު މެންބަރުންގެ ހިތްތަކަށް ތަސައްލީއެއް ގެނެސްދެވެން އޮތީ އާ ޕާޓީއެއް ހަދައިގެން ކަމަށެވެ.