Back
Nov 24, 2025 SUN
SUN

އަދީބަށް އެމްޓީޑީގެ ރައީސްކަމަކަށް ނާދެވޭނެ: އިލެކްޝަންސް ކޮމިޝަން

އަދީބަށް އެމްޓީޑީގެ ރައީސްކަމަކަށް ނާދެވޭނެ: އިލެކްޝަންސް ކޮމިޝަން
Lead photo

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ހަމަޖެއްސިޔަސް، އެއީ ބާތިލް ނިންމުމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިރޭ "ސަން" އަށް ވިދާޅުވީ ޖަލު ހުކުމެއްގައި ހުންނަ މީހަކަށް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރުން ފިޔަވައި، ޕާޓީގެ އެއްވެސް މަގާމަކަށް އާދެވޭނެ އެއްވެސް ގޮތެއް ގާނޫނީ ގޮތުން ލިބިދީފައިނުވާނެ ކަމަށެވެ.

"އިންތިޚާބީ މަގާމަކަށް ވިޔަސް އަދި އައްޔަން ކުރާ މަގާމަކަށް ވިޔަސް ނޫންނަމަ އިންތިގާލީ މަގާމަކަށް ވިޔަސް، ޖަލު ހުކުމެއްގައި ހުރި މީހަކަށް ނާދެވޭނެ. އެހެންވީމަ އެ އަހުމަދު އަދީބަށް ވެސް ހުރެވޭނީ ޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި އެކަނި،" އަކުރަމް ވިދާޅުވިއެވެ.

އެމްޓީޑީގެ ސީނިއާ ނައިބު ރައީސް އިސްމާއިލް އާސިފް މިރޭ ވިދާޅުވީ އިންތިގާލީ ނައިބު ރައީސް ކަމަށް އަދީބު ހަމަޖެއްސުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީ އާއި ޖަމްއިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިންތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ޖަލުގައި ބަންދު ކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެންނުވާ ކަމަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics