މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓްސް (އެމްޓީޑީ) ގެ އިންތިގާލީ ރައީސް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު އިންތިޚާބުކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޓީޑީގެ ސީނިއާ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ އިންތިގާލީ ރައީސް ކަމަށް އަދީބު އިންތިޚާބު ކުރީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލުން ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީގެ އިންތިގާލީ ރައީސް ކަމަށް އަދީބު އައްޔަން ކުރުމަށް ގާނޫނީގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީ އާއި ޖަމްއިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިންތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ޖަލުގައި ބަންދު ކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެންނުވާ ކަމަށެވެ.