މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އަކަށް ކުރީގެ އެކުންފުނީގެ ޑެޕިއުޓީ ހެޑް އޮފް ކާގޯ ސާވިސް އައިޝަތު ޖެނިފާ އައްޔަން ކޮށްފިއެވެ.

ޖެނިފާ އައިލެންޑް އެވިއޭޝަންގެ ޑީއެމްޑީ ކަމަށް އައްޔަން ކޮށްފއަިވަނީ މިދިޔަ އަންގާރަ ދުވަހު އެކުންފުނީގެ ބޯޑުންނެވެ.

ދެހާސް ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ ކުންފުނީގެ އެކި އެކި މަގާމްތައް ފުރުއްވި ޖެނިފާ، 2014 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2016 ވަނަ އަހަރު ގެ މާޗު މަހާ ހަމަޔަށް ހުންނެވީ އެކުންފުނީގެ ޑެޕިއުޓީ ހެޑް ގެ މަގާމުގައެވެ.

ނަމަވެސް 2016 ވަނަ އަހަރު ޖެނިފާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އަދި އެ މައްސަލަ އޭނާ ވަޒީފާއާ ބެހޭ ޓްރިބުނަލް އަށް ހުށަހެޅުމުން ވަޒީފާ ދިނުމަށް މިދިޔަ އަހަރު އެޕްރީލް މަހު ޓްރިބުނަލް އިން ވަނީ އަމުރުކޮށްފައެވެ.

ޖެނިފާއަށް އޭނާ ވަކިކުރި ވަޒީފާ އަބުރާ ދީފައި ވަނީ މިއަހަރު ޑިސެމްބަރު މަހުއެވެ.