26 Dec 2018, 19:11
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) ގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) މިއަދު އައްޔަންކޮށްފި އެވެ.
އިބޫއަކީ އދ. މާމިގިލީ ދާއިރާގެ އެމްޑީޕީގެ ރައީސެވެ. އަދި އޭނާ އަކީ އެމްޑީޕީގެ ދަތުރުފަތުރާ ބެހޭ ކޮމިޓީގެ ޑެޕިއުޓީ ޗެއާމަނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭނާ ވަނީ މެދު އުތުރު ޕްރޮވިންސްގެ ސްޓޭޓް ސެކްރެޓަރީކަން ވެސް ކުރައްވައިފަ އެވެ.
އިބޫ ވަނީ ވިލާ ހޮޓެލްސްގެ މާކެޓިން މެނޭޖަރުކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.
ޖީއެމްއައިޒެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވީ މުހައްމަދު ސައިމަނެވެ. އޭނާ މަގާމުން ވަކި ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައުމަށް ފަހު އެވެ.