ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަލަށް ހަދާ އަލިފާން ނިއްވާ އިމާރާތުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލުން ބުނީ ފަޔާ ސްޓޭޝަންގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާއިރު މެޝީނަރީސް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށެވެ. އަދި ޝެޑިއުލާ އެއްގޮތަށް ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ދާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ ފަޔާ ސްޓޭޝަން --- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އަންނަ އަހަރުގެ ބަޖެޓުގައި 1.7 ބިލިޔަން ރުފިޔާ ހިމަނައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ ފަޔާ ސްޓޭޝަން --- ފޮޓޯ: އެމްއޭސީއެލް

މިހާރުވެސް ފެށިގެން ކުރިއަށްދާ އެ ދެ ޕްރޮޖެކްޓަށް 1.7 ބިލިޔަން ހަރަދުކުރަން ކަނޑައަޅާފައިވާއިރު އެ ފައިސާއަކީ ބޭރުގެ ލޯނުތަކެވެ. އެގޮތުން ރަންވޭ ޕްރޮޖެކްޓަށް 978 މިލިޔަން ރުފިޔާގެ ލޯނު އަދި ޓާމިނަލް ޕްރޮޖެކްޓަށް ޖުމްލަ 680 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ބޭރުގެ އެކި މާލީ އިދާރާތަކުން ދޫކުރާނެއެވެ.