ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކާމެދު ހޭލުންތެރި ކުރުމަށް ކުރެވޭ ހޭދަ އިތުރުކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ލަފާދިނުމަށް "ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު" އެކުލަވާލައިފިއެވެ.

ހެލްތު އެޑްވައިޒަރުކަމަށް އަށް ބޭފުޅަކު ބޭފުޅަކު ވަނީ ހަމަޖައްސައިފަ އެވެ. އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް މެންބަރު މަކުގެ ލިޔުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ހެލްތު އެޑްވައިޒަރީ ބޯޑުގަައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޒިންމާ އަކީ ތަފާތު ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، ސަރުކާރަށް ލަފާ އެރުވުމެވެ.

"ހެލްތު ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު" ގެ މެންބަރުންނަކީ:

1- ހެލްތު ޕްރެޓެކްޝަން އެޖެންސީގެ ފަރާތުން މައިމޫނާ އަބޫބަކުރު
2- މިނިސްޓިރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ހުސެއިން ރަޝީދު
3- ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ތޫމާ އާދަމް
4- މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ހަދީޖާ އަބްދުއް ސަމަދު
5- މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން އަޒްމީ އަލީ
6- މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން އަހްމަދް މަރްޒޫޤު
7- މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ޑރ. ނިޔާޝާ އިބްރާހީމް
8- މޯލްޑިވްސް ބްރޯޑްކާސްޓިންގެ ފަރާތުން އަހުމަދު ރާޝިދު

އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ކުޅިވަރުގެ ދާއިރާގައި އެކި ގޮތްގޮތަށް ހަރަކާތްތެރި ބޭފުޅުންނާއި މީޑިއާތަކުގެ ބޭފުޅުންނެވެ.