ހައްޖު ކޯޕަރޭޝަނާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް މިއަދު ބޭފުޅުން އައްޔަން ކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން (ޕީސީބީ) އިން ބުނީ، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ އިސްމާއީލް ހަމީދު ކަމަށެވެ. އޭނާ މަގާމަށް އައްޔަން ކުރީ މިއަދު އެވެ.

ވެމްކޯގެ މީޑިއާ އޮފިސަރަކު ވިދާޅުވި ގޮތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ އާދަމް މުހައްމަދު އެވެ. އޭނާ ވެސް މަގާމަށް އައްޔަން ކުރީ މިއަދު އެވެ.

ހައްޖު ކޯޕަރޭޝަނާއި ވެމްކޯއަށް އެމްޑީން އައްޔަން ކޮށްފައިވާ އިރު ޕަބްލިކް ސާވިސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް، ޓީވީ މޯލްޑިވްސްގެ ކުރީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަލީ ހާލިދު މިއަދު ވަނީ އައްޔަން ކޮށްފަ އެވެ.