ދިރާގުން، ދިރާގު ޓީވީ އާއި ދިރާގުގެ ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ރ. މީދޫގައި ފޯރުކޮށްދޭން ފަށައިފި އެވެ.

މި ދެހިދުމަތް ތައާރަފްކުރުމުގެ ގޮތުން ރ. މީދޫގައި އިއްޔެ ދިރާގުން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތާ ގުޅުވައިގެން ކުޑަކުދިންގެ ހަވީރަކާއި ބޮޑުބެރުގެ ހަރަކާތްތައް ވެސް ދިރާގުން ކުރިއަށް ގެންދިޔަ އެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑަކީ އެންމެ ފަހުގެ ޓެކްނޮލޮގީ ބޭނުންކޮށްގެން ފޯރުކޮށްދެވޭ ހިދުމަތެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ އެއް ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ. މހާރު އެ ހިދުމަތް މީދޫގައި ވެސް ލިބިގެން ދާނެ އެވެ.

ދިރާގުން ބުނި ގޮތުގައި، ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެެވެ. އެ ހިދުމަތް ވެސް މިހާރު މީދޫއިން ލިބިގެންދާނެ އެވެ.

ދިރާގު ޓީވީގެ ހިދުމަތް: އެ ހިދުމަތް މިހާރު ރ. މީދޫގައިވެސް ދިރާގުން ފޯރުކޮށްދޭ -- ފޮޓޯ: ދިރާގު

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން ދަނީ ވަރަށް ބާރު މިނުގައި ފައިބާގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 50 އަށް ވުރެ ގިނަ ރަށުގައި އެ ކުންފިން އެ ހިދުމަތް ދެމުން އަންނަ ކަމަށެވެ.

ދިރާގުން ވަނީ މިދިޔަ ނޮވެމްބަރު މަހުފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފައިއެވެ. މި ޕްރޮމޯޝަނުގައިގެ އަށް ފައިބާ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސް ދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.