މުހައްމަދު ޝަރީފް ޑައިރެކްޓްކުރާ ފިލްމު "ބާކީވެފާ" އަންނަ އަހަރު ރިލީޒްކުރަން އަނެއްކާ ވެސް ތާވަލުކޮށްފި އެވެ.

މިއީ އެ ފިލްމު ސްކްރީންތަކަށް ގެންނަން ތާވަލްކުރި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފިލްމު އަޅުވަން ނިންމި އެވެ. ނަމަވެސް އެ އަހަރު ފާއިތުވީ އިރު ވެސް ފިލްމުގެ އަޑެއް ބަޑެއް ނީވެ އެވެ. ދެން އަޑުތައް އެރީ މި އަހަރުގެ ޑިސެމްބަރަށް ފިލްމު ރިލީޒްކުރާނެ ވާހަކަ އެވެ. ނަމަވެސް މިއަހަރު ވެސް "ބާކީވެފާ" ސިނަމާތަކަށް ނައެވެ.

"އަސްލު އަޅުގަނޑުމެންނަކީ ފިލްމެއް އަލަށް ހަދާ ބައެއް، މި އަހަރު ފިލްމު ގެންނަން މަސައްކަތްތަކެއް ކުރިން، ނަމަވެސް މި އަހަރު ސިޔާސީ މަސްރަހު އޮތް ގޮތުން އަންނަ އަހަރު ފިލްމު އަޅުވަން އަނެއްކާ ވެސް ލަސްކުރީ،" ޑައިރެކްޓަރު ޝަރީފް ބުންޏެވެ.

"ބާކީވެފާ"ގެ ފިރިހެން ލީޑު އިއްބެ...

"ބާކީވެފާ" ދެން އަންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް އަޅުވާނެ ސީދާ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ޝަރީފް ބުނީ، ފިލްމުގެ ހުރިހާ މަންޒަރުތަކެއް ޝޫޓްކޮށް ނިމިފައިވާ ކަމަށާއި އެޑިޓިންގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ތެރޭގައި ޑަބިން ފަށާނަން،" ޝަރީފް ބުންޏެވެ.

މުހައްމަދު އާސިފް ޕްރޮޑިއުސްކުރާ އެ ފިލްމަކީ ލޯބީގެ އަސަރަގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

"ބާކީވެފާ"ގެ ޓްރެއިލާ....

އެންމެ ލަވަ އެއް ހިމެނޭ "ބާކީވެފާ" އާ ބެހޭގޮތުން ޝަރީފް އިތުރަށް ބުނީ، އެ ފިލްމު ފުރިހަމަވެފައި ރީތި ވާނެ ކަމަށާއި ބެލުންތެރިންނަށް ފިލްމު ކަމުދާނެ ކަމަށެވެ.

އެ ފިލްމުގެ ލީޑު ބަތަލާއެއްގެ ރޯލުން ފެންނާނީ މަރިޔަމް އަފީފާ އެވެ. ބަތަލްގެ ރޯލުން މުޅިން އަައު ފިރިހެން ތަރިއެއް ފެންނާނެ އިރު މަރިޔަމް ޝަހުޒާ އާއި ފައުޒިއްޔާ ހަސަން ވެސް ފިލްމުން ފެންނާނެ އެވެ.