02 Oct 2011, 17:47
ސިފައިންގެ ހިދުމަތާއި ގުޅި އަސްކަރިއްޔާގެ އެއްބަސްވުމާއި ހިލާފުވި 13 މީހަކު ޝަރަފްވެރިކަމާއި ނުލައި މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ތެރޭގައި ދަޢުލަތުގެ ޚަރަދުގައި ތަމްރީނާއި ތަޢުލީމް ހޯދުމަށް ފަހު، ވެފައިވާ ޤާނޫނީ އެއްބަސްވުމާއި ޚިލާފުވެފައިވާ ފަރާތްތަކާއި ވަޒީފާގެ އެއްބަސްވުމާއި ޚިލާފުވެފައިވާ ފަރާތްތައް ހިމެނޭ ކަމަށެވެ.
ޝަރަފްވެރިކަމާއި ނުލައި މިއަދު ވަޒީފާއިން ވަކިކުރި ފަރާތްތަކުގެ ތެރެއިން ޝަރީޢަތަށް ފޮނުވަންޖެހޭ ފަރާތްތައް ޝަރީޢަތަށް ފޮނުވާނެ ކަމަށް ވެސް ބުންޏެވެ.
އެމްއެމްއެންޑީއެފްގެ މޭޖާ އަބުދުއް ރަހީމް ވިދާޅުވީ ވަޒީފާއިން ވަކިކުރި ބައެއް މީހުންނާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެންނަމަވެސް ވަޒީފާއިން ވަކިކުރި 13 މީހުންގެ ތެރެއިން ފިޔަވަޅު އަޅަނީ ކޮން ބަޔަކާ މެދު ކަމެއް ވިދާޅެއް ނުވެ އެވެ.
އަސްކަރިއްޔާ އަށް "ފިލައިގެން" އުޅުނު މައްސަލާގައި ޝަރަފުވެރިކަމާ ނުލައި ވަޒީފާ އިން ވަކިކޮށްފައިވަނީ ކޯޕްރަލް އިބްރާހިމް އަޒުމާއ އާއި ސްޓާފް ސާޖެންޓް ހައްސާން ހަމީދާއި ލެފްޓިނެންޓް ކާޝިފް ހިލްމީ އާއި ޕްރައިވެޓް ރިލުވާން ރަޝީދާއި ކޯޕްރަލް މުހައްމަދު އިމާދާއި ލާންސްކޯޕްރަލް މުހައްމަދު އަބްދުއްރަހުމާނާއި ޕްރައިވެޓް އަބްދުﷲ ޝަހުފަތާއި ޕްރައިވެޓް މާޒިން މުހައްމަދާއި ޕްރައިވެޓް މުހައްމަދު ހަމީދާއި ޕްރައިވެޓް ޝާމީ ސައީދާއި ލާންސް ކޯޕްރަލް އަބްދުލް ހަމީދާއި ޕްރައިވެޓް މުހައްމަދު އަބްދުލްކަރީމް ގެ އިތުރަށް ސާޖަންޓް އަލީ އަޝްރަފެވެ.
އަބްދުއް ރަހީމް ވިދާޅުވީ މި 13 މީހުން ސިފައިންގެ ބެލުމުގެ ދަށުގައި ބައިތިއްބުމަށް ފަހު މިހާރު ދޫކޮށް ލާފައިވާ ކަމަށެވެ.