އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ގދ. ތިނަދުއަށް ތައާރަފްކޮށްފިއެވެ.

މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތަޢާރަފްކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގދ. ތިނަދުއަށް ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ތައާރަފް ކޮށްފައި ވަނީ 100 އެމްބީޕީއެސްގައި ކަމަށް އުރީދޫ އިން ބުނެ އެވެ.

މުޖުތަމައުއަށް އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ގެނައުމުގައި ހަލުވި ސްޕީޑްގެ ބްރޯޑްބޭންޑް އިންޓަނެޓް މުހިންމު ދައުރެއް އަދާކުރާ ކަމަށް އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސައިން ނިޔާޒު ވިދާޅުވިއެވެ.

"މިގޮތުން، އުރީދޫގެ މުހިއްމު އެއް އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން. މިއަދު، ތިނަދޫއަށް އުރީދޫ ސުޕަރނެޓް ތައާރަފްކޮށް، ރަށުގެ ރައްޔިތުންނަށް މި ފުރުސަތު ހުޅުވާލެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ނުހަނު ބޮޑު އުފަލެއް،" ނިޔާޒު ވިދާޅުވި އެވެ.

ގދ. ތިނަދުއަށް އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އުރީދޫ

ތިނަދުއަށް މިއަދު ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތައާރަފްކޮށްފައިވާއިރު މި މަހުގެ 31 ގެ ގެ ކުރިން ސުޕަނެޓް ޚިޔާރު ކުރަށްވާ އެ ރަށުގެ ކަސްޓަމަރުންނަށް ވަނީ ހާއްސަ އޮފާއެއް ތައާރަފް ކޮށްފައެވެ. ހަމައެހެންމެ ތިނަދޫ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫއިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައެވެ.

ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ. ހަމައެހެންމެ މި ޕެކޭޖުތައް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ.

މި ޚިދުމަތާއި އެކު، ތިނަދޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ.