ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމަށް އިބްރާހިމް އަޝްރަފް މިއަދު އައްޔަނު ކުރައްވައިފި އެވެ.

ހ. ރޭ، އަޝްރަފް އެ މަގާމަށް އައްޔަނު ކޮށްފައިވަނީ މިނިސްޓަރުންގެ ނައިބްގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޑެޕިއުޓީ ކޮންޓްރޯލަރ ގެ މަގާމަށް އަޝްރަފް ހަމަޖެއްސިއިރު، އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމަށް މިއަދު ވަނީ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ހަމަޖައްސާފަ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަންވަރު ވަނީ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.