23 Dec 2018, 20:51
މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވޮލޮޕްމެންޓް އާއި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ އަށް ދެ ޑެޕިއުޓީ މިނިސްޓަރުން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނު ކުރައްވައިފި އެވެ.
އެގޮތުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނު ކުރައްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދި ކުރީގެ ޓީވީއެމްގެ ނޫސްވެރިޔާ އަލީ ޝާމިނެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނު ކުރައްވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރިފޯމް މޫވްމެންޓްގައި އިސްކޮށް އުޅުއްވާ ފާތިމަތު ޝަހީދާ އެވެ.