23 Dec 2018, 13:28
އެލްޖީއޭގެ ރައީސްކަމުގެ މަގާމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އައްޔަނު ކުރައްވައިފި އެވެ.
އާންމުކޮށް އެލްޖީއޭގެ ރައީސް ކަން ކުރައްވަނީ ހޯމް މިނިސްޓަރަކަށް ހުންނަވާ ބޭފުޅެކެވެ.
ހޯމް މިނިސްޓްރީ އިން ބުނީ ރާއްޖޭގެ އިދާރީ ދާއިރަތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެލްޖީއޭ އާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ޓަކައި އެލްޖީއޭގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރަކު އައްޔަންކުރައްވަންވާނެ ކަމަށެވެ.