23 Dec 2018, 09:22
ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރާގެ ކުރިޔަށް އޮތް ފިލްމު "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" އަންނަ އަހަރުގެ މާޗު މަހުގެ އަށް ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.
ހުސައިން ދަލާލު އާއި މަނޯޖް މައިތުރާގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އެ ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ ހާމަކަން ބޮޑު ތަންތަނަށް ބޮޑުކަމުދިޔުމާއި ސާފުތާހިރުކަން ކުޑަ މައްސަލަތަކުގެ މައްޗަށެވެ.
ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލަމުން "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" އަންނަ މާޗު މަހުގެ އަށް ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ފިލްމާ ބެހޭ މާގިނަ ވާހަކަތަކެއް އަދި މީޑިއާތަކަށް ހާމަކޮށްފައެއް ނުވެއެވެ.
"ބާގް މިލްކާ ބާގް" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ލިބިފައިވާ އޯމް ޕްރަކާޝްގެ އާ ފިލްމުން ފެންނާނީ އާ ތަރިންތަކެކެވެ.