19:00


ވޯލްޑްކަޕް އެކްޕީރިއެންސްގެ ނަމުގައި ދިރާގުން ކުރިއަށް ގެންދާ ތަފާތު ޕްރޮމޯޝަންގެ ތެރެއަށް ވޯލްޑް ކަޕް ފޯރ ޔޫ ގެ ނަމުގައި އާ ހިދުމަތެއް ދިރާގުން ތައާރަފްކޮށްފި އެވެ.


މިއަދު ހަވީރު އެސްޓީއޯގައި ހުންނަ އަލްފްރެސްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުން ވަނީ ވޯލްޑް ކަޕް ފޯރ ޔޫ ގެ ނަމުގައި އާ ވެބްސައިޓް އިފްތިތާހްކޮށްދީފަ އެވެ. ދިރާގުން ބުނީ ވޯލްޑް ކަޕްފޯ ޔޫ މި ވެބްސައިޓަކީ ދިރާގުން ވޯލްޑްކަފްގެ ފޯރި އިތުރުކުރުމުގެ ގޮތުން ތައާރަފްކުރި ވެބްސައިޓެއް ކަމަށާއި މި ވެބްސައިޓް މެދުވެރިކޮށް އެކިއެކި މުބާރާތްތަކުގައި ބައިވެރިވެގެން ފައިސާގެ ތަފާތު އިނާމްތައް ލިބިގެންދާނެ ކަމަށެވެ. އަދި އަލްފްރެސްކޯގައި ވޯލްޑްކަޕާއި ގުޅިގެން ދިރާގުން ކުރިއަށް ގެންދާ ވޯލްޑްކަޕް ޒޯންފަދަ އިތުރު ޒޯންތައް ކުރިއަށް އޮތްތާނގައި މާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުވިގެންދާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.


ވޯލްޑްކަޕް އެކްޕީރިއެންސްގެ ނަމުގައި ދިރާގުން ކުރިއަށް ގެންދާ ތަފާތު ހަރަކާތްތަކުގެ ތެރޭގައި ދިރާގުން ވަނީ މިހާރުވެސް ތަފާތު ޕްރޮމޯޝަންތައް ތައާރަފްކޮށްފަ އެވެ. އޭގެތެރޭގައި ދިރާގުގެ މޮބައިލް ބްރޯޑް ބޭންޑް ސާވިސް ޕްރޮމޯޓްކުރުމުގެ ގޮތުން ދިރާގު ޓަޗް ނެޓްގެ ހިދުމަތާއި ވޯލްޑްކަޕާއި ގުޅިގެން ކުރިއަށް ގެންދާ އެސްއެމްއެސް ކުއިޒް ހިމެނެ އެވެ.