ސައުދީ އަރަބިއާގެ ޝާހީ އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ ޕްރިންސް ތަލާލް ބިން އަބްދުލް އަޒީޒް އަވަހާރަވެއްޖެއެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ބޭބޭފުޅު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އުމުރުފުޅުުން 87 އަހަރުގައެވެ.

ޕްރިންސް ތަލާލް އަވަހާރަވިކަން ދަރިކަލުން ޕްރިންސް އަބްދުލް އަޒީޒް ބިން ތަލާލް ވަނީ ޓްވިޓާ ގައި ޔަގީންކޮށްދެއްވައިފައެވެ.

ޕްރިންސް ތަލާލް އަކީ ސައުދީ ބިލިއަނަރު ޕްރިންސް ވަލީދު ބިން ތަލާލްގެ ބައްޕާފުޅު ވެސްމެއެވެ.

ޕްރިންސް ތަލާލް ވަނީ ސައުދީގެ ކޮމިއުނިކޭޝަންސް މިނިސްޓަރުކަމާއި ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

އެމަނިކުފާނުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މާދަމާ މެންދުރު ނަމާދަށް ފަހު އިމާމް ތުރުކީ ބޮޑު މިސްކިތުގައެވެ.