22 Dec 2018, 19:40
އިންޑިއާގެ ކުރީގެ ރީތީގެ ރާނީ އަދި 1980 ގެ ފަހުކޮޅުން ފެށިގެން ބޮލީވުޑް ރިހި ސްކްރީނުން އާންމުންގެ މަގުބޫލުކަން ހޯދި ޖޫހީ ޗައުލާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަން ޖޫހީގެ އިންސްޓަގްރާމު މެދުވެރިކޮށް ފޭނުންނާ ވަނީ ހިއްސާކޮށްފައެވެ. އޭނާ ވަނީ ފޯ ސީޒަންސް ލަނޑާ ގިރާވަރުގައި ސެލްފީ ނަގައި އިންސްޓަގްރާމު ފޮލޯވަރުންނަށް ދޫކޮށްލައިފައެވެ.
ފިލްމު "ސުލްތާނަތު" އިން ބޮލީވުޑަށް ނިކުތް ބަތަލާ ވަނީ ޕަންޖާބީ، ބަންގާޅީ އަދި ތަމަޅަ ފިލްމުތައް ވެސް ކުޅެފައެވެ.
— Juhi Chawla (@iam_juhi)
ޖޫހީގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރެގައި "ގަޔާމައްތްސޭ ގަޔާމައްތް ތަކް" ހިމެނެއެވެ. ޖޫހީ އެންމެ ފަހުންފެނިގެން ދިޔައީ 2006 ވަނަ އަހަރު ނިކުތް "ޗޯކް އެންޑް ޑަސްޓާ" އިންނެވެ.
ޖޫހީ އަކީ ކުޅަދާނަ އެކްޓަރެއްގެ އިތުރުން މޮޅު ނެށުންތެރިއެއްވެސް މެެއެވެ.
ޖޫހީ އާއި ފިރިމީހާ ޖޭ މެހެތާއަށް ދެ ކުދިން ލިބިފައިވެއެވެ. ޖޫހީ ރާއްޖެ އައިސްފައިވަނީ ފިރިމީހާ އާއި ދަރިންނާއެކުއެވެ.
މި ދުވަސްވަރު ގިނަ އަދަދެއްގެ އޭ ލިސްޓުު ފަންނާނުން ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.