ވިލިމާލޭގައި މޫދަށް އެރި އުޅުނު ދެ މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ފެނުނު މީހަކު ސޯޝަލް މީޑިއާގައި ބުނެފަައިވަނީ އޮޔާ ދިޔަ ދެމީހުން ސަލާމަތް ކުރުމަށް އެމްޓީސީސީގެ ފެރީއެއް މަޑުކޮށްގެން އޮތް ކަމަށާއި އެމީހުން އޮޔާ ދިޔައީ މޫދަށް އެރޭ ސަރަހައްދުގެ އޮއި ބާރުކަމުން ކަމަށް ބެލެވޭ ކަމަށެވެ.

ވިލިނގިލީ ބީޗު ސަރަހައްދުގައި ލައިފް ގާޑުން ބައިތިއްބަން ޖެހޭ ކަމަށްވެސް ހާދިސާގެ ވާހަކަ ސޯޝަލް މީީޑިއާގައި ހިއްސާކުރި ދުވުންތެރިޔާ އަހުމަދު އާތިފް އެނާގެ ޓްވިޓާ ގައި ބުނެފައިވެއެވެ.

ވިލިނގިލީ ބީޗު ސަރަހައްދަކީ ބައެއް ދުވަސްވަރު ގަދަ އޮޔެއް ހުންނަ ތަނެއްކަމަށް އާންމުކޮށް އެ ސަރަހައްދަށް މޫދަށް ދާ މީހުން ބުނެއެވެ.

އާތިފް އިތުރަށް ބުނެފައިވަނީ އޮއިބާރު، ދިޔަ ބޮޑު ދުވަސްވަރު އެ ސަރަހައްދަށް މޫދަށް އެރުން ރައްކާތެރިނޫން ކަމަށެވެ.