ހެންވޭރު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ގޭސް ފުޅިއެއް ލީކުވެގެން އަލިފަނުގެ ހާދިސާ އެއް ހިނގާފައިވަނީ ހ. ނީޓްވިލާ ގޭގައި ކަމަށެވެ. އެ ސަރަހައްދުގައި އެންމެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން ހަރަކާތްތެރިވަމުން ދާކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ހާދިސާގެ ހަބަރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އަށް ލިބުނީ މިރޭ 19:32 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ނީޓްވިލާގޭގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވައިލެއްވިފައިވާ ކަމަށް ހަބަރު ލިބެއެވެ.