21 Dec 2018, 14:59
ހއ. ދިއްދޫ ކައިރީ އޮންނަ ފަޅުރަށަކަށް އިއްޔެ ހެދުނު މޫދަށް އެރި އުޅެނިކޮށް ނިޔާވި ފަސް އަހަރުގެ އަހްމަދު ޝިފާންގެ އައިލާއާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.
ނައިބު ރައީސް ފައިސަލް އިއްޔެ ތިލަދުންމަތީ ދެކުނު ބުރިއަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހދ. ނޮޅިވަރަންފަރަށް ވަޑައިގެން، އެ ހިތާމަވެރި ހާދިސާގައި ނިޔާވި މަރުވި ޝިފާންގެ އައިލާއާ ވަނީ ބައްދަލުކޮށްފައެވެ.
ރައީސް އޮފީހުން ބުނީ، ނިޔާވި ޝިފާންގެ އައިލާއާ ބައްދަލުކޮށް ނައިބު ރައީސް ފައިސަލް ވަނީ އެ އާއިލާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްއާއި އެމަނިކުފާންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށެވެ.
މިއަދު އެ ރަށަށް ވަޑައިގެން ނައިބު ރައީސް ފައިސަލް ވަނީ އެ ރަށު ކައުންސިލާއި އަދިވެސް އެހެނިހެން ސަރުކާރުގެ އެކި ސެކްޓާތަކަށް ޒިޔާރަތް ކުރައްވައިފައެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ވަނީ އިއްޔެ ހދ. ކުޅުދޫފުށްޓަށާއި އެ އަތޮޅު ހަނިމާދޫއަށް ވަޑައިގެންފައެވެ. ފައިސަލް ވަނީ އެ ދެ ރަށުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތާނގެ މަސައްކަތް ހިނގާނުހިނގާ ގޮތް ބައްލަވައިލައްވާފައެވެ.
މި ދަތުރުފުޅުގައި ކެބިނެޓްގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވަޑައިގަންނަވައެވެ.