02 Oct 2011, 15:41
ގުރޫޕް މާރާމާރީއެއްގައި ޒަޚަމްކޮށްލި ޒުވާނަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އެބަދެ އެވެ.
ފުލުހުން ބުނީ މައްޗަންގޯޅީގައި މިއަދު މެންދުރުފަހު ތިން މީހަކު ވެގެން މާރާމާރީ ހިންގަމުންދަނިކޮށް އެ ސަރަހައްދަށް ދިޔަ ފުލުހަކަށް އެ މަންޒަރު ފެނުމުން މާރާމާރީ ހިންގި މީހުން ފިލާފައިވާ ކަމަށެވެ. އަދި ޒަޚަމްވި ފިރިހެން މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އަނިޔާވި މީހާގެ ވަނަވަރު ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އައިޖީއެމްއެޗުން ބުނީ އަނިޔާވި ޒުވާނާއަށް އިމަޖެންސީރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.