20 Dec 2018, 18:51
އެޗްޑީސީ ގެ އެޕްރެންޓިސްޝިޕް ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި 21 ދަރިވަރަކަށް ސެޓްފިކެޓް ދީފިއެވެ.
މޯލްޑިވްސް އިސްޓިއިޓުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ އެހީތެރިކަމާއެކު ކުރިއަށްދިޔަ ސެޓްފިކެޓް ލެވެލް 3 ގެ މި ޕްރޮގްރާމްގެ ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިއަދު ހުޅުމާލޭ ފަހިނެވި ސެންޓާގައި ބެއްވި ރައްސަމިއްޔާތުގައެވެ.
މި ޕްރޮގްރާމްގައި ހަތަރު ދާއިރާއަކުން ދަރިވަރުން ތަމްރީންކޮށްފައިވެއެވެ. އެއީ ބިލްޑިން މެއިންޓެނެންސް، ކޮންސްޓްރަކްޝަން އަދި ސާވޭ ކުރުމުގެ ދާއިރާ އިންނެވެ.
އެޗްޑީސީ އިން ބުނީ މި ޕްރޮގްރާމް ގެ މައިގަނޑު މަގްސަދަކީ ޒުވާނުންގެ ހުނަރުތައް ތަރައްގީކޮށް އެމީހުންނަކީ މުޖްތަމައުގައި ހަރުދާނަ ބަޔަކަށް ހެދުން ކަމަށެވެ. އަދު އަމާޒަކީ މެދުނުކެނޑި ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިރުން ކަމަށެވެ.
މިއަހަރު އެޗްޑީސީ އިން ބޭއްވި ޕޮރޮގްރާމްގައި ޖުމަލަ 24 ބައިވެރިން ބައިވެރިވިއެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ ހަ މުވަޒިފަކު ހިމެނެއެވެ. މިއީ އެކުންފުނިން ބާއްވަ މިފަދަ ދެ ވަނަ ޕްރޮގްތާމްއެވެ.
މި ޕްރޮގްރާމް ނިންމި ބައިވެރިންގެ ތެރެއިން 10 ފަރާތަކަށް އެކުންފުނިން ވަނީ އެ ކުންފުނީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދީފައެވެ.