20 Dec 2018, 11:16
ރާއްޖޭގައި ތަރައްގީގެ އާ މަޝްރޫއުތައް ހިންގުމާ ގުޅޭ ގޮތުން ޖަޕާނު ސަރުކާރާ އެކު މަޝްވަރާ ކޮށްފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހިމެނިވަޑައިގަންނަވާ ވަފުދެއް އިއްޔެ ވަނީ ޖަޕާނަށް ވަޑައިގެންފައެވެ.
އެ ދަތުރުފުޅުގެ ތެރެއިން، އެ ބޭފުޅުން ވަނީ ޖަޕާނުގެ އެންވަޔަރަމަންޓް މިނިސްޓަރު ޔޮޝިއާކީ ހަރަޑާއާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމާ ގުޅޭ މަޝްވަރާ ކޮށްފައިވާ ކަމަށް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.
Met Environment Minister of#Japan, H.E.@yoshiaki_haradaand congratulated for Japan’s leadership role in the global arena to combat climate change. Discussed possible new projects for strengthening resilience in the#Maldivesin combating climate change.pic.twitter.com/gXj2ktL6Qt
— Abdulla Shahid ???? (@abdulla_shahid)December 20, 2018
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ކޯސްޓަލް ޕްރޮޓެކްޝަން ގާއިމް ކުރުން، ނަރުދަމާ އެޅުން އަދި ސާފުތާހިރުކަމުގެ މެކޭނިޒަމްތައް ގާއިމް ކުރުމުގެ އާ ޕްރޮޖެކްޓުތައް ހިންގުމާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
Minister Shahid meets Environment Minister of#Japan, H.E.@yoshiaki_harada. Discussed possible new projects for strengthening resilience in the#Maldivesin combating climate change, specifically in areas such as coastal protection, water supply networks & sanitation mechanismspic.twitter.com/6cgIxmIE9r
— MFA Maldives (@MDVForeign)December 20, 2018
ބޭރުގެ ގައުމުތަކާ ގުޅުން ބަދަހި ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ދާދި ފަހުން ވަނީ އިންޑިއާއަށް ވަޑައިގެން އެ ގައުމާ އެކު ގުޅުން ބަދަހިކޮށް ހަތަރު އެއްބަސްުވުމެއްގައިވެސް ސޮއި ކޮށްފައެވެ.
މިނިސްޓަރު ޝާހިދުވެސް ދަނީ ބައެއް ގައުމުތަކަށް ޒިޔާރަތް ކުރައްވައި ގުޅުން ބަދަހި ކުރަމުންނެވެ. އެގޮތުން އޭނާ ވަނީ ޔުއޭއީ އަށާއި އިންޑިއާއަށް ޒިޔާރަތް ކުރައްވާފައެވެ.