އަައްޑޫ ސިޓީ މަރަދޫ އޮފީހުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި ފުލުހުން ހޯދައިފިއެވެ.

މި ތަކެތި ހޯދިފައިވަނީ، މަރަދޫ ހުންނަ އެމްޑީޕީ އޮފީހުން ވައްކޮށްފައިވާ ކަމަށް ބުނެ މިދިޔަ ހޮނިހިރު ދުވަހު އެ މުއަސަސައާށް ހުޅަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.

މިމައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މިއޮޕަރޭޝަންގައި، އެއޮފީސް ހުރި ސަރަޙައްދުގައި ހުރި ފަޅުގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ އޭމްޕްއާއި، ދެ ޕްރޮޖެކްޓަރާއި، ހަތް ރިމޯޓާއި، ކޭބަލްތަކަކާއި އަދި މޯޑަމެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަޙުޤީގު ކުރަމުންނެވެ.