ދެ ޕާޓީއަކަށް ކިޔަން ހުށަހަޅާފައިވާ ނަންތަކަކީ އެކަށީގެން ނުވާ ނަންތަކަކަށް ވާތީ، އެ ދެޕާޓީ ހެދުމުގެ ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ "ދަ ގްރޭޓް ގްރީން ކަނެކްޝަން" އަދި "މޯލްޑިވިއަންސް އެކްޝަން ޕާޓީ" ގެ ނަމުގައި ދެ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވީނަމަވެސް، އެ ދެނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަންތަކަކަށް ނުވާތީ، އެ ދެޕާޓީ އުފެއްދުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާ ކަމަށެވެ.

ދެ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭން ނިންމި އިރު އެހެން ދެ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން އިލެކްޝަންސް އިން ވަނީ ނިންމައިފައެވެ.

އެގޮތުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުފެއްދުމަށް 3000 މެންބަރުން ހަމަކުރުމުން، ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީ އިން މިއަދު ވަނީ ދީފައެވެ.