19 Dec 2018, 15:50
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު ޗައިނާ އަށް ވަޑައިގެން އެ ގައުމާ އެކު ހެދި އެއްބަސްވުންތައް އަދި ފެނިފައި ނުވާ ކަމަށާއި އެ އެއްބަސްވުންތައް ހޯއްދަވަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެން، މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ސަރުކާރުން ޗައިނާއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ ތަފްސީލު އަދި ނޭނގޭ ކަމަށެވެ.
މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު މީޑިއާގެ ސުވާލުތަކަށް ޖަވާބު ދެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި، ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮންނާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ސަރުކާރުގައި ހަދާފައިވާ ބައެއް އެއްބަސްވުންތަކުގެ ތަފްސީލު އަދި ހޯދިފައި ނުވާ ކަމަށެވެ. އަދި އެ އެގްރީމެންޓުތައް ހޯދަމުންދާ ކަމަށް ވިދާޅުވި އެވެ.
"ބައެއް އެގްރީމެންޓުތަކުގެ ތަފްސީލުތަކެއް އަޅުގަނޑުމެންނަކަށް ނޭނގެ. ހާއްސަކޮށް ޗައިނާ އަށް ވަޑައިގެން ކުރެއްވި ބޮޑު އެގްރީމެންޓު، އޭގެ ތަފްސީލުތަކެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެ އެގްރީމެންޓް އަޅުގަނޑުމެން މި ހޯދަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމިން ސޮއި ކުރެއްވި އެގްރީމަންޓަކީ ކޮބައި ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ. ނަމަވެސް، ރައީސް ޔާމީން ވަނީ ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެ އެއްބަސްވުންތަކުގައި ވެސް ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްޗެއް އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ޗައިނާއިން ނަގާފައިވާ ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރަށް އަރަ އެވެ. ރައީސް ސޯލިހު ވިދާޅުވީ އޭގެ ތެރޭގައި ސޮވެރިން ގެރެންޓީގެ ދަށުން ބޮޑު އިންޓްރެސްޓުގައި ވެސް ލޯނު ނަގާފައިވާ ކަމަށެވެ. ނަމަވެސް އެ ބޮޑު އިންޓަރެސްޓަކީ ކޮބައިކަމެއް ވިދާޅެއް ނުވެ އެވެ.
ޗައިނާއާ އެކު ހަދާފައިވާ އެއްބަސްވުންތައް އަދި ފެނިފައި ނުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ އިރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ވިދާޅުވެފައި ވަނީ ޗައިނާއާ އެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލުމަށް ސަރުކާރުން ނުވިސްނާ ކަމަށެވެ.
ޗައިނާއަށް ކުރެއްވި ދަތުރުގައި ދިވެހި ސަރުކާރާއި ޗައިނާއާ ދެެމެދު ވަނީ 12 އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުންތަކަކީ:
މިނިވަން ވިޔަފާރީގެ އެއްބަސްވުން
- މެރިޓައިމް ސިލްކް ރޯޑް އެމްއޯޔޫ
- އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ބިޓްވީން ދަ މިނިސްޓްރީ އޮފް ކޮމަރސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
- އެކްސްޗޭންޖް ލެޓަރ އޮން ދަ ޗައިނާ އެއިޑް މައިކްރޯ ގްރިޑް ސީ ވޯޓަރ ޑިސެލިނޭޝަން ޕްރޮޖެކްޓް ބިޓްވީން ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
- އެކްސްޗޭންޖް ލެޓަރ އޮފް ފީސިބިލިޓީ ސްޓަޑީ އޮން ދަ ޗައިނާ އެއިޑް މުނިސިޕަލް ސޮލިޑް ވޭސްޓް ޓްރީޓްމަންޓް އެންޑް ރިސައިކްލިންގް ޕްރޮޖެކްޓް ބިޓްވީން ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
- އެމްއޯޔޫ ބިޓްވީން ދަ ނެޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިންގް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ހެލްތް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ހެލްތް ކޯޕަރޭޝަން
- އެމްއޯޔޫ ބިޓްވީން ދަ ނެޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިންގް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ހެލްތް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ހެލްތް ކޯޕަރޭޝަން
- ދަ ޕްރޮޓޮކޯލް އޮން އެސްޓެބްލިޝްމަންޓް އޮފް ޖޮއިންޓް އޯޝަން އޮބްސަރވޭޝަން ސްޓޭޝަން ބިޓްވީން ދަ ސްޓޭޓް އޯޝަނިކް އެޑްމިނިސްޓްރޭޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް
- އެމްއޯޔޫ ބިޓްވީން ޗައިނާ ބޭންކިންގް ރެގިއުލޭޓަރީ ކޮމިޝަން އެންޑް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
- އެމްއޯޔޫ ފޮރ އިންޓަރނޭޝަނަލް ކޯޕަރޭޝަން ޕްލޭނިންގް ބިޓްވީން މިނިސްޓްރޯ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ޗައިނާ ޑިވެލޮޕްމަންޓް ބޭންކް
- ފްރޭމްވޯކް އެގްރީމަންޓް އޮން ކޯޕަރޭޝަން އިން ރިލޭޝަން ޓު ޖޮއިންޓް ޑިވެލޮޕްމަންޓް އޮފް އެއާޕޯޓް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް އިން ހުޅުމާލެ، ރިޕަބްލިކް އޮފް މޯލްޑިވްސް ބައި އެންޑް ބިޓްވީން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެންޑް ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް ކޯޕަރޭޝަން ލިމިޓެޑް
- ފެސިލިޓީ އެގްރީމަންޓް ފޮރ ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އޮފް ލިންކް ރޯޑް ކަނެކްޓިންގް ހުޅުލެ އެންޑް ހުޅުމާލެ ޕްރޮޖެކްޓް ބިޓްވީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެންޑް އިންޑަސްޓްރިއަލް އެންޑް ކޮމަރޝަލް ބޭންކް އޮފް ޗައިނާ ލިމިޓެޑް