19 Dec 2018, 14:30
މޯލްޑިވްސް ތާރޑްވޭ ޑިމޮކްރޭޓްސް (އެމްޓީޑީ) އުފެއްދުމަށް އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
އެމްޓީޑީ އުފެއްދުމަށް ބޭނުންވާ 3000 މެންބަރުންގެ ސޮއި ހޯދުމަށް ފަހު އިއްޔެ ވަނީ އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިފަ އެވެ.
އެމްޓީޑީ އިއްޔެ ބުނީ އެ ޕާޓީގެ ފަރާތުން އީސީ އަށް ހުށަހަޅާފައި ވަނީ 3333 މީހުންގެ ފޯމު ކަމަށެވެ. އަދި އެ ފޯމްތައް އީސާއަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުގެ ތަރުޖަމާނު އަހްމަދު އަކްރަމް ވަނީ 'ސަން' އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
އެމްޓީޑީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ ވިޔަފާރިވެރީންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފްއަށެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ ހުއްދަ އީސީން ދޫކޮށްފައިވާ އިރު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު އިތުރުން ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވެސް ވަނީ އެ ޕާޓީއަށް ސޮއި ކުރައްވާފަ އެވެ.
އެމްޓީޑީގެ އިތުރުން މިއަހަރު ވަނީ މޯލްޑިވަސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ވެސް ދީފަ އެވެ. އެ ޕާޓީން ވެސް ވަނީ 3000 މެންބަރުންގެ ސޮއި ހަމަކޮށް އީސީއަށް ހުށަހަޅާފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި، އެމްޑީޕީއާއި، އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޑީއާރުޕީ އާއި އަދާލަތު ޕާޓީއެވެ.