ޖަލުތަކުގެ ހާލަތުބައްލަވާ، އޮޑިޓެއް ހެދުމަށް "ޖަލުތަކުގެ "އޮޑިޓް ކޮމިޝަން' ގެ ނަމުގައި ސަރުކާރުން ކޮމިޝަނެއް އުފައްދަވައިފިއެވެ.

ދިވެހި ރާއްޖޭގެ ޖަލުތަކުގެ އޮޑިޓެއް ހެދުމަކީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

މިއަދު ހޯމް މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ކޮމިޝަންގެ މައިގަނޑު ބޭނުމަކީ ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި، އިސްލާހުކުރަން ހުރި ކަންކަން ފާހަގަކޮށް ލިޕޯޓެއް އެކުލަވާލުން ކަމަށެވެ.

އަދި އެ ރިޕޯޓަށް ރިއާޔަތްކޮށް ޖަލުތަކުގެ ކަންކަން އިސްލާހުކޮށް ގައިދީންގެ ހައްގުތައް ކަށަވަރުކޮށްދީ އަދި ގައިދީންގެ އިންސާނީ ހައްގުތައް ލިބިދެވޭކަން ކަށަވަރުކޮށް ދިނުމަކީ ވެސް އެ ކޮމިޝަންއިން ކުރާން ޖެހޭ ކަންތައް ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެ.

މި ކޮމިޝަނަށް ވަނީ ހަތް މެމްބަރުން އައްޔަންކުރައްވާފައެވެ.

1. ޑރ. އަބްދުﷲ އިސްނީން ހިލްމީ/ ތެވެލި، ސ. ހިތަދޫ

2. އައްޝައިޚް އަހްމަދު އަބްދުލްކަރީމް/ ހުޅުމާލެ ފްލެޓް 07-03-23

3. ޝަހިންދާ އިސްމާއިލް/ މއ.ބޯގަންވިލާ، މާލެ

4. އަހްމަދު މުހައްމަދުފުޅު/ ރިހިތަޅާގެ، ރ.ކަނދޮޅުދޫ

5. ޒުލައިޙާ ދާއޫދު/ ގ.މާލެހިޔާ 2، މާލެ

6. ޝާދިޔާ އާދަމް/ ސާތީ، އދ. ދަނދެތި

7. އައިމިނަތު ނާހީން އަހްމަދު/ މާބުޅާގެ، ޏ. ފުވައްމުލައް