18 Dec 2018, 14:53
އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ތާއީދުކުރާނީ މިހާރުވެސް އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދަށް ކަމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރަންސެއްގައި ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ވިލުފުށި ދާއިރާއަށް ކުރިމަތިނުލައްވާނެ ކަމަށެވެ.
އޭގެ ބދަލުގައި ޕީޕީއެމުން ތާއީދުކުރާނީ މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވާ ރިޔާޒް ރަޝީދަށް ކަމަށެވެ.
ޕީޕީއެމްގެ މެމްބަރުކަމާއި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަމުގައި ހުންނެވި ރިޔާޒް ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ ނޮވެމްބަރު 30 ވަނަ ދުވަހުއެވެ.