18 Dec 2018, 12:21
މާފުށީ ޖަލަށް 98 ފޯނުތަކެއް އެތެރެ ކުރަން އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މާފުށީ ޖަލަށް ފޯނުތަކެއް އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ދެ މީހަކާއި 32 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެއް ކަމަށެވެ.
މާފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަންގައި އެ ހަތަރު ފިރިހެނުން ހައްޔަރުކޮށްފައި ވަނީ މާފުށި ޖަލު ހުންނަ ސަރަޙައްދު ފަޅުތެރެއަށް ލޯންޗު ކައިރިކޮށް މޫދަށް ފައިބައިގެން އެތަކެތި ޖަަލަށް އެތެރެކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެ ހަތަރު މީހުން ފުލުހުންގެ ބެލުމުގެދަށް ގެނެސް ބަލައި ފާސްކުރި ކުރުމުން، އެމީހުން ގެންގުޅުނު ދަބަހެއްގެ ތެރެއިން 98 މޮބައިލް ފޯނާއި 104 ޗާޖަރާއި 18 ސިމް ކާޑާއި، ނުވަ ހެޑް ސެޓާއި ޔޫއެސްބީ 30 ކޭބަލާއި ފޯނު ބެޓެރީގެ 14 ބެޓެރި އާއި، ޖޮއިސްޓިކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.