ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބް ރައީސަކަށް، ދާދި ފަހުން ރައިސުލްޖުމްހޫރިއްޔާ އެ ކޮމިޝަނަށް އައްޔަނު ކުރެއްވި ގާނޫނީ ވަކީލް މަސްތޫރު ހުސްނީ ހަމަޖައްސައިފިއެވެ.

ޖޭއެސްސީން ބުނީ މަސްތޫރު އެ މަގާމަށް ހަމަޖައްސާފައި ވަނީ އެ ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ހާޒިރުވެވަޑައިގަތް މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

މަސްތޫރު ޖޭއެސްސީއަށް އައްޔަނު ކޮށްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އައްޔަނުކުރި އަހްމަދު ސަލީމް އެ ކޮމިޝަނުން ވަކި ކުރުމަށްފަހު އެވެ.

މަސްތޫރުގެ އިތުރުން ދެން ޖޭއެސްސީގައި ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި، ބަންޑާރަނައިބް އިބްރާހިމް ރިފްއަތާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އާއި ސްޕްރީމްކޯޓުގެ ފަނޑިޔާރު އަބުދުﷲ އަރީފާއި، ހައިކޯޓުގެ ފަނޑިޔާރު އަބުދުއްރައޫފު އިބްރާހިމާއި، ދަށު ކޯޓުތަކުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު މުހައްމަދު އީސާ ފުޅާއި، އާމުންގެ ތެރެއިން މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މެމްބަރު އަބުދުލް ހަންނާން އަހުމަދާއި، އާއި، ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ލާތީފާ ގާސިމެވެ.