18 Dec 2018, 10:59
ވާވޭގެ އާ ފޯނު، ވާވޭ ނޯވާ 4 ދައްކާލައިފިއެވެ.
ނޯވާ4 އަކީ 25 މެގަޕިކްސެލްގެ ސެލްފީ ކެމެރާ އަކާއި 48 މެގަޕިކްސެލްގެ މެއިން ކެމެރާއެއް ހިމަނާފައިވާ ފޯނެކެވެ. ރެއާ ކެމެރާގެ ތިން ލެންސް މި ފޯނުގައި ވަނީ ހިމަނައިފައެވެ.
މި ފޯނުގެ އެހެން ފީޗާސް ތަކަށް ބަލާއިރު، މި ފޯނަކީ 6.4 އިންޗީގެ ޑިސްޕްލޭއެއް ހިމެނޭ ފޯނެކެވެ. ރެއާ މޮންޓެޓް ފިންގާ ޕްރިންޓް ސްކޭނަރެއް ހިމަނާފައިވާ މި ފޯނަކީ ޔޫއެސްބީ ސީ ފާސްޓް ޗާޖިން ފޯނެކެވެ.
މި ފޯނުގެ އަގު އުޅެނީ 490 ޑޮލަރުގައެވެ. 20 މެގަޕިކްސެލްގެ ފްރަންޓު ކެމެރާ އަކާއެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާއެއް ހިމެނޭ ފޯނެއް 450 ޑޮލަރަށް ވެސް ލިބޭނެއެވެ.
ވާވޭ ނޯވާ4 އަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ވަރުގަދަ ފީޗާސްތަކެއް ހިމެނޭނެ ފޯނެކެވެ.
ވާވޭއިން ދަނީ ސްމާޓުފޯނުގެ ދުނިޔޭގެ އެއްވަނަ އަށް އެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.