17 Dec 2018, 13:14
ރާއްޖެ އާއި އިންޑިއާ އާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ސޮއިކޮށްފައި ވަނީ ވިސާގެ ކަންތައް ހަރުދަނާ ކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ކަލްޗަރަލް ކޯޕަރޭޝަން އާ ގުޅޭ އެއްބަސްވުމެއްގަޔާއި އައިސީޓީގެ ދާއިރާ އިން ގުޅުން ބަދަހިކުރުމަށާއި ދަނޑުވެރިކަމާ ގުޅުން ހުރި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ އެއްބަސްވުމެއްގަ އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރި އެއްބަސްވުންތައް:
1. ވިސާގެ ކަންކަން ލުއިފަސޭހަ ކުރުމަށްޓަކައި "އެގްރިމެންޓް އޮން ދަ ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމަންޓްސް"
2. ސަގާފީ ގުޅުން ބަދަހި ކުރުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ކަލްޗަރަލް ކޯޕަރޭޝަން"
3. ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ގޮތުން "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން ފޮ އެސްޓޭބްލިޝިން މިއުޗުއަލް ކޯޕަރޭޝަން ޓު އިމްޕްރޫވް ދި އިކޯސިސްޓަމް ފޯ އެގްރިބިޒްނަސް"
4. ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ގޮތުން "ޖޮއިންޓް ޑެކްލެރޭޝަން އޮފް އިންޓެންޓް އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް އިންފޯމޭޝަން އެންޑް ކޮމިޔުނިކޭޝަންސް ޓެކްނޮލޮޖީ އެންޑް އިލެކްޓްރޯނިކްސް"
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސް ސޯލިހާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވެވި މަޝްވަރާތަކަށް ފަހު އެވެ.