ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ސޯލިހު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ބައްދަލުކުރައްވާ، ދެގައުމުގެގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން ބައިލެޓްރަލް ގުޅުން ވަރުގަދަކޮށް، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ރައީސް ސޯލިހު ވަނީ މިއަދު އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދާވެސް ބައްދަލުކުރައްވާފަ އެވެ.

ރައީސް ސޯލިހު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނު މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.