އޮފީސްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާ، ވޮލީ ބޯޅަ ކުރިއަރުވައި އާލާކުރުމުގެ ގޮތުން، ގދ. ވާދޫ ކައުންސިލް އިދާރާއިން ކުރިޔަށްދާ ތިން ވަނަ އިންޓަ އޮފީސް ވޮލީ މުބާރާތް އިއްޔެ ފަށައިފިއެވެ.

ދެ ޑިވިޝަނަކަށް ބަހާއިލައިގެން ކުރިޔަށްދާ މި މުބާރާތުގައި އެންމެ ފުރަތަމަ ބައްދަލް ކުރީ ވާދޫ ކައުންސިލް އިދާރާގެ އަންހެން ޓީމާއި، ޖަމާލުއްދީން މަދަރުސާގެ އަންހެން ޓީމެވެ. މިމެޗް ތިން ސެޓް ދެ ސެޓުން ކާމިޔާބުކުރީ ޖަމާލުއްދީން މަދަރުސާގެ ޓީމެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކައުންސިލް އިދާރާޓީމްގެ ކެޕްޓަން އާސިމާ އިބްރާހިމް އެވެ.

މުބާރާތުގައި ރޭގަ ކުޅެވުނީ ފިރިހެން ޑިވިޝަންގެ މެޗްގައި ބައްދަލްކުރީ ވާދުކައުންސިލް އިދާރާގެ ޓީމާއި، ޖަމާލުއްދީން މަދަރުސާގެ ޓީމެވެ. މިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރީ ކައުންސިލް އިދާރާގެ ޓީމެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކައުންސިލް އިދާރާ ޓީމްގެ މުހަންމަދު އިބްރާހިމް އެވެ.