ބޮލީވުޑްގެ ހިތްގައިމު ޖޯޑު ރިޗާ ޗައްޑާއާއި އަލީ ފަޒަލް އައު އަހަރާއި ދިމާކޮށް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ. ރިޗާ އާާއި ފަޒަލް ރާއްޖެ އައިސްފައި ވަނީ އިއްޔެ އެވެ.

ދެމީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ފުށިފަރު އައިލެންޑް ރިޒޯޓުގަ އެވެ. ރާއްޖެ އައުމަށް ފަހު ރިޗާ އަދި ފަޒަލް ވެސް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޮލޮވަރުންނާ އެކަން ހިއްސާކޮށްފަ އެވެ.

ރިޗާ އާއި ފަޒަލް އަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ރިސޯޓަށް ސީޕްލޭންގައި ދިއުމުންނެވެ. ރިޗާ ބުނީ އެއީ އޭނާ ސީޕްލޭން އެއްގައި ދަތުރު ކުރި ފުރަތަމަ ފަހަރު ކަމަށެވެ. ރިޗާ ވަނީ ރިސޯޓުން ދިން މެހެމާންދާރީ ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. އަދި ރާއްޖޭގެ ރީތި ކަމަށް ދެމީހުން ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ދެމީހުން ރާއްޖޭގައި މަޑުކުރާނީ ކިހާ ދުވަހެއް ވަންދެން ކަމެއް ނޭނގެ އެވެ.