17 Dec 2018, 09:13
ބޮލީވުޑް އެކްޓަރު އަކްޝޭ ކަންނާ އަދި ބޮލީވުޑްގެ ކުރީގެ ސުޕަސްޓާ ވިނޯދް ކަންނާހެ ފުރަތަމަ އަނބިމީހާ، ގީތާންޖަލީ ކަންނާ މަރުވެއްޖެ އެވެ.
ގީތާންޖަލީ މަރުވެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ އޭނާގެ ގޭގަ އެވެ. މަރުވި އިރު އުމުރުން 70 އަހަރެވެ. ގީތާންޖަލީގެ މަރުގެ ސީދާ ސަބަބު އަދި ހާމަކޮށްފައި ނުވި ނަމަވެސް ބޮޑަށް ބެލެވެނީ މަރުވީ ހިތް ހުއްޓިގެން ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން ހޮނިހިރު ދުވަހުގެ މެންދުރު ގީތާންޖަލީ ވަނީ މެޔަށް އުނދަގޫ ވާތީ ކްލިނިކަކުން ފަރުވާ ވެސް ހޯދައިފަ އެވެ. މަރުވީ އެ ރޭ ދަންވަރު ނިދާފައި އޮއްވަ އެވެ.
އަލީބާގް ހޮސްިޓަލށް ގީތާންޖަލީ ގެންދިޔަ އިރުވެސް މަރުވެފައި އޮތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އެ ހޮސްޕިޓަލުން ބުނެ އެވެ. ގީތާންޖަލީ އާއި ކަންނާ ކައިވެނިކޮށްފައި ވަނީ 1971 ވަނަ އަހަރު އެވެ. އަދި 1985 ވަނަ އަހަރު އެ ކައިވެނި ވަނީ ރޫޅާލައިފަ އެވެ. ކެންސަރު ބަލީގައި ކަންނާ މަރުވީ މިދިޔަ އަހަރު އެވެ.